މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭަސް ފޮނުވަނީ
Mi hafthaa nimumuge kurin hurihaa atoll akah mas dhalhu case fonuvanee

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުފުޅުގެ މަތިން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ، މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާ ހޯދުމަށް، މާލޭގައި މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވާ ކަމަށާއި، އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށާއި ހުރިހާ ގޭބީސީއަކަށްވެސް ރޯދަ ހަދިޔާ ލިބޭނެ ކަމަށެވެ.




