މިއަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓްރީ ގާއިމުކުރަނީ
Mi aharu raahjeyge hurihaa rasheh gai ves laboratory gaaimu kuranee

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށް، އާންމު ޓެސްޓްތައް ހެދޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ‘ތަރުޖަމަނާއެކު’ ޕްރޮޑްކާސްޓުގައެވެ. މިނިސްޓަރު ވިދާޅުވީ، ރަށަރަށުގައި ތިބޭ ރައްޔިތުން، ރަށުގައި ތިބެގެން ސިއްހީ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ އަމާޒަކީ ޑައިގްނޯސްޓިކް ހިދުމަތް ވަރުގަދަކުރުން ކަމަށެވެ.
މިނިސްޓަރު ނާޒިމް އިތުރަށް ވިދާޅުވީ، ރަނގަޅު ޑައިގްނޯސްޓިކް ސިސްޓަމެއް އޮތުން ކަމަށާއި އެ ނިޒާމަށް އިތުބާރު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ޑައިގްނޯސް ސިސްޓަމް ވަރުގަދަނުކޮށް ހެލްތު ނިޒާމުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ ކުދި އާބާދީތަކުގައިވެސް، ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމަމިއާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު، ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ނުލިބި އޮތް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް، ލެބްޓެކްނީޝަނުން ހަމަޖައްސައި، މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.




