ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

Chuhtee ah fahu dhiraasee au aharuge kiyevun fashaifi

ބޮޑު ޗުއްޓީއަށްފަހު، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ‏އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއިތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.

ރައީސް ވިދާޅުވީ، މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތަޢުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށްވެސް ކާމިޔާބަށް އެދޭ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ،އިސްލާމްދީނަށާއި ދިވެހި ޤައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ޤައުމުގައި ބިނާކުރެވޭނީ، ތަޢުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.

މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ބޮޑު ޗުއްޓީއަށް ފަހު 80،000އަށް ވުރެ ގިނަ ދަރިވަރުން މިއަދު ސްކޫލަށް ނުކުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީއިން ބުނީ، މިއަދު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރ ވިދާޅުވީ، ދިރާސީ އައު އަހަރަށް އެ މިނިސްޓްރީއިން ފުރިހަަމައަށް ތައްޔާރުވެފައިވާ ކަމަށާއި ދަރިވަރުންގެ ހުރިހާ ފޮތްތައް ސްކޫލްތަކަށް ފޮނުވައި ނިމިފައިވާ ކަމަށެވެ.

މިނިސްޓްރީއިން ބުނީ، އެވްރެޖްކޮށް ޓީޗަރުންވެސް ހަމަވާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments