ރާއްޖޭގައި ބޮޑެތި ވަގުންގެ މައްޗަކަށް ގާނޫނެއް ނުހިނގާ: ޔަމީން

Raahjeygai bodethi vagun ge mahchakah gaanooneh nuhingaa: yaameen

ރާއްޖޭގައި  ބޮޑެތި ވައްކަންތައް ކުރާ ވަގުންނަށް އަދަބު ނުލިބޭ ކަމަށާއި، އެމީހުންގެ މައްޗަށް ގާނޫނު ނުހިނގާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޔާމީން ވިދާޅުވީ، ކޮރަޕްޝަން ހިންގާ  ސިޔާސީ ވެރިންނަށް ގާނޫނު ތަންފީޒު ނުކުރާ ކަމަށެވެ.

ޔާމީން ވިދާޅުވީ ގާނޫނު ހިނގަނީ އެންމެ އާދައިގެ ވަގުންނަށް ކަމަށާއި ޖަލު ހުކުމް ވެސް އެމީހުންގެ މައްޗަށް ތަންފީޒުކުރާކަމަށެވެ. އެހެންނަމަވެސް، ކޮރަޕްޝަނާއި ބޮޑެތި ވައްކަންތައް ކުރާ ސިޔާސީ ވެރިން އަދި ބޮޑެތި ވަގުންނަށް އަދަބުގެ ބަދަލުގައި ލިބެނީ ހިމާޔަތް ކަމަށެވެ. ޔާމީން ވިދާޅުވީ ބޮޑެތި ވައްކަންތައް ކުރާ ސިޔާސީ ބޭފުޅުން، ޖަލުގައި ހޭދަކުރައްވަނީ 2 ދުވަސް ކަމަށެވެ.

ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީތައް ވެސް ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށެވެ. މީގެއިތުރުން ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހުކުމް ތަންފީޒު ކުރީ ވެސް ގޭގައި ކަމަށެވެ. އަދި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ކަންކުރެއްވީ އެހެން ކަން ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments