އޯލެވެލް އިމްތިހާނު އަހަރުގެ ފަހު ކޮޅަށް ބަދަލުކޮށްފި
O’level imthihaanu aharuge fahu kolhah badhalu kohfi

އޯލެވެލް އިމްތިހާނު އޮކްޓޯބަރު/ ނޮވެމްބަރު މަހު ހަދާ ގޮތަށް ބަދަލު ކޮށްފިއެވެ.
ރާއްޖޭގައި އެންމެ ކުރީއްސުރެ އޯލެވެލް އިމްތިހާނު ހަދަނީ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް، ކޮވިޑް- 19 ބަލިމަޑުކަމަށްފަހު، އޯލެވެލް އިމްތިހާނު ބާއްވާ ދުވަސްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އެގޮތުން، ކޮވިޑާއި ގުޅިގެން 2020 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނު ވަނީ 2021 ވަނަ އަހަރުގެ މެއި/ޖޫން މަހަށް ފަސްކޮށްފައެވެ. އެއަށްފަހު، 2022 ވަނަ އަހަރުގެ އިމްތިހާނު ބާއްވާފައިވަނީ އެއަހަރުގެ މެއި މަހުގައެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރާއެކު، ތައުލީމީ ކަލަންޑަރަށް ވަނޯ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މިދިޔަ ތިން އަހަރުގައިވެސް އޯލެވެލް އިމްތިހާނު ބޭއްވީ އޭޕްރީލް މަހުގައެވެ.
ހަމަމިއާއެކު، މިދިޔަ އަހަރު ގްރޭޑް ދިހައެއްގައި ކިޔެވި ދަރިވަރުން ވަނީ މިދިޔަ މަހު 28 ގައި އޯލެވެލް އިމްތިހާނު ފަށާފައެވެ.
އޯލެވެލް އިމްތިހާނު އަހަރުގެ ފަހު ކޮޅު، އޮކްޓޯބަރު/ނޮވެމްބަރު މަހުގައި ހަދާ ގޮތަށް މި ބަދަލުކުރީ 5 އަހަރު ފަހުންނެވެ.




