އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީއާއި ދެކޮޅަށް ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ!
Abdhuh raheem ge kohko pnc aa dhekolhah fonadhoo council ge raees kamah vaadha kuranee!

ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް ވާދަކުރައްވަން ނިންމައިފިއެވެ.
ކަރީމް ވާދަކުރުމަށް ނިންމާފައިވަނީ، ޕީއެންސީއާ ދެކޮޅަށް އަމިއްލަ ގޮތުންނެވެ. ފޮނަދޫ ކައުންސިލްގެ ރައީސް ކަމަށް ޕިޢެންސީގެ ފަރާތުން ވާދަކުރައްވަނީ މިހާރުގެ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކަރީމް އަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ބޭފުޅެކެވެ. ކަރީމް މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އެފަދަ ނުކުޅުދެތުންތެރިކަމެއް ހުންނާތީވެ، ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެވޭތޯ ޔަގީން ކުރުމަށް އީސީ އަށް ސިޓީ ހުށަހެޅިކަމަށެވެ. އީސީ އިން އިންތިހާބުގައި ކަރީމް ވާދަކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އަންގާފައިވާ ކަމަށް ކަރީމް ވަނީ މައުލޫމާތު ދީފައެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ޕްރައިމަރީއަކާ ނުލާ މިހާރުވެސް ތިބި މެންބަރުންނަށް ވަނީ ޕީއެންސީގެ ޓިކެޓް ދީފައެވެ.




