100 ރުފިޔާގެ ނޫޓް މަދުވުމުން ޗާޕުކޮށްފި

100 ruffiya ge nootu madhuvumun chaapu kohfi

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100 ރުފިޔާގެ ސްޓޮކް މަދުވުމުން އައު ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފިއެވެ.

އެމްއެމްއޭ އިން ބުނީ، ރަންދިހަ ފަހެއްގެ 100 ރުފިޔާގެ ނޫޓް މަދުވުމުން، މިމަހުގެ 2 ވަނަ ދުވަހު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ.

ދެ ޕިކަޕުގައި ފައިސާ ޕަލެޓްތަކެއް އެމްއެމްއޭއަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލްމީޑިއާގައި އާންމުވެފައެވެ.

މިދިޔައަަހަރުވެސް 100 ރުފިޔާގެ ނޫޓް މަދުވުމުން، އެމްއޭއިން ވަނީ ރުފިޔާ ޗާޕުކޮށްފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ކެމްޕެއިނުގެ ދުވަސްވަރުގައާއި، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް އެކި ފަހަރު މަތިން ފައިސާ ޗާޕު ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments