ރާއްޖޭގައި ކެންސަރު ބަލި އެންމެ ގިނައިން ޖެހެނީ އަންހެނުންނަށް:އެޗްޕީއޭ
Raahjey gai cancer bali enme ginain jehenee anhenun: HPA

ވޭތުވެދިޔަ 6 އަހަރުގެ ތެރެއިން އެންމެ މަދުން ކެންސަރު ބަލި ރިޕޯޓްކުރީ މިދިޔަ އަހަރު ކަމަށް އެޗްޕީއޭ ގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ 4 ވަނަ ދުވަހު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރާއިރު، އެޗްޕީއޭ އިން ވަނީ ކެންސަރު ބަލީގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު، ރާއްޖޭގައި ކެންސަރު ބަލީގެ ޖުމުލަ 111 ކޭސް ވަނީ ރެކޯޑްކޮށްފައެވެ. އެޗްޕީއޭ އިން ބުނީ މިއީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު، މިއީ ވަރަށް ބޮޑު ދަށްވުމެއް ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2020 ވަނަ އަހަރު، ކެންސަރުގެ 137 ކޭސް ރިޕޯޓްކޮށްފައިވާއިރު،2021 ވަނަ އަހަރު 208 ކޭސް ރިޕޯޓްކޮށްފައިވެއެވެ.
2022 ވަނަ އަހަރު 244 ކޭސް ވަނީ ރިިޕޯޓްކޮށްފައެވެ. އެއީ ފާއިތުވި 6 އަހަރަށް ބަލާއިރު އެންމެ ގިނައިން ރިޕޯޓްކުރި އަހަރެވެ.
2023 ވަނަ އަހަރު، 211 ރިޕޯޓް ކޭސް ކޮށްފައިވާއިރު، 2024 ވަނަ އަހަރު ރިޕޯޓްކުރީ 195 ކޭސްއެވެ.
ހަމަމިއާއެކު، ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުނަށް ބަލާއިރު، އެންމެ ގިނައީ އަންހެނުންނެވެ. އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ކެންސަރު ދަފްތަރުގައި 1,600 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.




