މޫސުން ގޯސްވުމުގެ ސަބަބުން އިސްދޫ މެޗު މާދަމާ ރެޔަށް ފަސްކޮށްފި
Moosun goasvumuge sababun isdhoo match maadhama reah faskohffi

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަދަ 16 ގައި މިރޭ އިސްދޫ އާއި މަތިވެރި ކުޅެން ހަމަޖެހިފައި އޮތް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެޔަށް ލަސްކޮށްފި އެވެ.
އިިސްދޫ އާއި މަތިވެރި މެޗު ކުރިން ކުޅެން ހަމަޖެހިފައި އޮތީ މިރޭ20:00 ގަ އެވެ. އެކަމަކު އެ ވަގުތު، ހުޅުމާލެ އަށް ބޯކޮށް ވާރޭ ވެހި، ދަނޑުގައި ފެން ބޮޑުވުމުގެ ސަބަބުން މެޗު ކުޅެން ފުރުސަތު ނުލިބުމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އެ މެޗު މާދަމާ ރެޔަށް ފަސްކޮށްފަ އެވެ.
ގަދަ16 ގައި އިސްދޫ ކުޅޭ މެޗު މިހާރު ހަމަޖެހިފައި އޮތީ މާދަމާ ރޭ20:00 ގައި ކުޅޭ ގޮތަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ16 އިން އިސްދޫ ޖާގަ ހޯދީ ޒޯން ހައެއްގެ ފައިނަލުން ޖާގަ ހޯދައިގެންނެވެ. މި ފަހަރުގެ މުބާރާތުގައި އިސްދޫ އިން ވަނީ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ވިދިވިދިގެން އިސްދޫ އިން ލ. އަތޮޅު ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އެކަމަކު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ16 ގައި އިސްދޫ ކުޅޭ މިއީ ފުރަތަމަ ފަހަރެވެ.




