17،000 ރުފިޔާ އަށް ވުރެ މަތީ މުސާރައާއެކު ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލައިފި
17,000 ruffiya ah vure mathy musaara aaeku fuluhunge vazeefaa ah kurimathilumah hulhuvaalaifi

މުސާރައިގެ ގޮތުގައި 17،000 އަށް ވުރެ މަތީ ރުފިޔާއާއެކު ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.
ފުލުހުން ބުނީ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ޖެހުނީ، އެކަށީގެންވާ އަދަދަށް ފޯމު ލިބިފައިނުވާތީ ކަަމަށެވެ.
މި މަގާމަށް ހޯދަނީ ޖުމުލަ 34 މީހުނެވެ. އެންމެ ފުރަތަމަ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހު 27 ގައެވެ. އެހެންނަމަވެސް، އެ ބުރަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ލިބިފައި ނުވާ ކަން ފުލުހުން ވަނީ ހާމަކޮށްފައެެވެ.
މީގެއިތުރުން، ފުލުހުން ބުނީ ފުރަތަމަ އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެކަމަށެވެ. މި މަގާމުގެ ޖުމުލަ މުސާރައަކީ، މަހަކު 17،175 ރުފިޔާއެވެ.
ވަޒީފާގެ ޝަރުތުތައް:
- ގުރޭޑު 10 ނިންމާފަައިވުން
- އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވުން
- އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓު 3 އިންޗި އަދި އަންހެނެއްނަމަ 5 ފޫޓު ހަމަވާން ޖެހުން
- ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކަށް
- ކުށެއް ސާބިތުވެފައިވާނަމަ ހުކުމް ތަންފީޒުކޮށް ނިމުނުތާ 3 އަހަރު ވެފައިވުން
- ގެވެށި އަނިޔާގެ މައްސަލައެއްގައި ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކަށް ނުވުން
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން
- މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާ އުފުލިފައިވާ މީހަކަށް ވެގެން ނުވުން
ހަމަމިއާއެކު، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހީ ދުޅަހެޔޮކަން ހުންނަ މީހަކަށް ވާންޖެހޭނެ ކަަޒސް ފުލުހުން ބުނެއެވެ.
ފުލުހުން ކުރި އިއުލާނުގައި ބުނީ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހެޅުމަށެވެ.




