ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތެއް ހުޅުވައިފި
Gamugai amihla faraathakin binaa kuri miskitheh hulhuvaifi

ލ.ގަމުގައި އަމިއްލަ ފަރާތަކުން ބިނާކުރި “ ތުނޑީ ބަނދަރު މިސްކިތް” ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތުް ހުޅުވާފައިވަނީ އިއްޔެގެ ހުކުރު ނަމާދަށްފަހުގައެވެ. މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުގައެވެ. އެގޮތުން، މި މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތައް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.




