ސަރުކާރުން ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ހަދިޔާކުރި ލާންޗު ގަމަށް ގެންދިއުމުގެ މަސައްކަތް ފަށައިފި
Sarukaarun gamu regional hospital ah hadhiyaa kuri speed launch gamah gendhiumuge masakkaiy fashaifi

ސަރުކާރުން ލ. ގަމު ރީޖަނަލް އަށް ހަދިޔާކުރި ލާންޗު ގަމަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލް ގެ ސީއީއޯ އަބްދުލް ހަންނާން ވިދާޅުވީ ދައުލަތުން ގަމު ރީޖަނަލް ހޮސްޕިޓަލް އަށް ދެއްވި ސްޕީޑް ލާންޗު ގަމަށް ދިއުމުގެ ދަތުރު ފަށައިފި ކަމަށެވެ. ސީއީއޯ ހަންނާން ވިދާޅުވީ، މި ލާންޗުގެ ސަބަބުން ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ފަސޭހައެއްް ލިބިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީއިން ވަނީ ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް 7 އަތޮޅަކަށް، ލާންޗު ހަދިޔާކުރުމަށް ނިންމާފައެވެ. އޭގެތެރެއިން 3 ލާންޗު މިހާރު ވަނީ މާލެ ގެނެސްފައެވެ.




