ކައުންސިލްގެ އިންތިޚާބުގެ ގުރުއަތުލުން ބުރާސްފަތި ދުވަހު ބާއްވަނީ

Council ge inthihaabuge guru athulun buraasfathi dhuvahu baahvanee

މިއަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ގުރުއަތުލުން މިއަންނަ ބުރާސަފަތު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގައެވެ. މި އިންތިޚާބުގައި 2994 ކެނޑިޑޭޓުން ވާދަކުރާ ކަމަށް އީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އީސީ އިން ބުނީ ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް މިއަނނަ ބުރާސްފަތި ދުވަހާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީއަކުންނާއި އަމިއްލަ ފަރާތްތަކުން ވެސް ވަނީ ވާދަކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments