ޕެޓްސް މުބާރާތުގައި ބައިވެރިވެ، އެމްއެންޑީއެފްގެ ޓީމުން ރަން މެޑަލް ހާސިލްކޮށްފި
Pets mubaaraathugai baiverive, MNDF in ran medal haasil kohfi

ޕާކިސްތާނުގައި ބޭއްވި 9ވަނަ “އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026” ގައި ބައިވެރިވި އެމްއެންޑީއެފްގެ ޓީމުން ރަން މެޑެލި ހާސިލުކޮށްފިއެވެ.
މި މުބާރާތުގައި ޖުމުލަ 16 ގައުމަކުން 24 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ފެބުރުވަރީ 5 އިން 7 އަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޕަބި، ގައެވެ.
މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިންނެވެ.
އެމްއެންޑީއެފް އިން ބުނީ، ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ “ޕެޓްސް ކޮމްޕެޓިޝަން” އަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެއް ކަމަށެވެ. މީގެ އިތުރުން، މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.




