ރޯދަ މަހު ކެފޭތައް ދަންވަރު 3 ޖަހަންދެން ހުޅުވޭނެ!
Roadha mahu cafe thah dhanvaru 3 jahan dhen hulhuveyne!

މިއަންނަ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު، ކެފޭތަކާއި ފިހާރަތަކުގެ ޚިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ، ރޯދަ މަހުގެ ދުވަަަސްތަކުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ޚިދުމަތް ދެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އަދި ޝައްވާލުމަހުގެ ފުރަތަމަ ހަ ރޯދައިގެ ދުވަސްތަކުގައި، ކެފޭތަކާއި ރެސްޓޯރެންޓްތައް ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، މިނިސްޓްރީއިން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް، ފިހާރަތައް ހުޅުވާފައި ބެހެެއްޓޭނީ، ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށެވެ.
މިނިސްޓްރީއިން އިތުރަށް ބުނީ މި ގަވާއިދަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މީހުންވެސް އަމަލުކުރުމަށް އެކުލަވާލި ގަވާއިދެއް ކަމަށެވެ.




