ޓެރަރިސްޓު ލިސްޓުން ސީރިޔާގެ ނަން އުނިކޮށްފި

Terrorist list in syria ge nan uni kohfi

ރާއްޖެއިން ޓެރަރިސްޓު ޖަމާއަތް ގޮތުގައި  މީގެކުރިން ކަނޑައަޅާފައިވާ، ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށްފިއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ރާއްޖޭން ދަތުރުކުރުން މަނާ ސަރަހައްދުތައް ކޮންމެ އަހަރަކުވެސް މުރާޖަޢާ ކުރެއެވެ. ރައީސް އޮފީހުން ވަނީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ގެޒެޓުގައި އާންމުކޮށްފައެވެ.

އެގޮތުން މިފަހަރު އާންމުކުރި ލިސްޓުގައި، ސީރިއާގެ އެޗްޓީއެސް ޖަމާއަތެއް ނެތެވެ. 2019 އިން ފެށިގެން، އެޗްޓީއެސް ޖަމާއަތުގެ ނަން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ހިމެނެއެވެ.

ދަތުރުކުރުން މަނާ ސަރަހައްދުތަކުން ސީރިއާގެ ނަން އުނިކުރުމުން، ދިވެހިންނަށް ސީރިޔާއަށް ދަތުރުކުރެވޭނެއެވެ.

މިފަހަރު މުރާޖައާކުރި ޓެރަރިސްޓު  ޖަމާއަތްތަކުގެ ލިސްޓުގައި 19 ޖަމާއަތެއް ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments