16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

16 aharun dhashuge kudhinnah social media manaa kurumah petition eh majileehah hushahalhaifi

އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށް، ސްކޫލަށް ފޯނު ވެއްދުން މަނާކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަންގައި މެންބަރުން ސޮއިކުރަން ފަށާފައިވާއިރު، މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އަލީ އާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫ އެވެ. އެގޮތުން، ޕެޓިޝަން ހުށަހަޅަފައިވަނީ، އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށެވެ. މި ޕެޓިޝަންގައި ސޮއިކުރެވޭނީ އީ- ފާސް މެދުވެރިކޮށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބަޔާންކޮށްފައިވަނީ، މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަކުން ސޯޝަލް މީޑީއާ ބޭނުުން ކުރަމުންދާ އިރު، އޭގެން އެކުދިން ކުރަނީ ކޮންކަމެއްތޯ ބަލާލަން ބެލެނިވެރިންނަށް ވެސް ވަގުތު ނުވާ ކަމަށެވެ.

މީގެއިތުރުން،  ކުޑަކުދިންނަަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުން ހަޑި ހުތުރު ބަހާއި ފާހިޝް ނުބައި މަންޒަރުތައް ފެންނަ ކަމަށާއި، އެކަމުގެ ސަބަބުބް އެކުދިންނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ޕެޓިޝަނުގައި ވަނީ. ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments