ލާމު އަތޮޅު މުނިޔަފުށީގައި މަޝްހޫރު ނޯބޫ ބްރޭންޑުން ރިސޯޓެއް ތަރައްގީކުރަނީ

Laamu atoll muniyafusheegai mash’hooru nobu brand in resort eh tharahgee kuranee

ދުނިޔޭގެ މަޝްހޫރު ނޯބޫ ބްރޭންޑުން ލ އަތޮޅު ފަޅު ރަށެއް ކަމަށްވާ މުނިޔަފުށީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

މި ރސޯޓް ވެގެންފާނީ ނޯބޫ ބުރޭންޑުން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓަށެވެ. މި ރިސޯޓާއެކު، ރެސިޑެންސް އަދި ރެސްޓޯރެންޓެއް ހުޅުވުމަށް ވެސް ނޯބޫން ވަނީ ނިންމާފައެވެ.

ނޯބޫ ބްރޭންޑުން ނެރުނު ބަޔާނެއްގައި ބުނީ، މި ރިސޯޓަކީ ސަރަތު އިންޓަނޭޝަނަލްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

އެގޮތުން މި ރިސޯޓުގައި، އެއް ކޮޓަރި އާއި ދެ ކޮޓަރީގެ 26 ބީޗު ވިލާ ހެދުމަށް ނިންމާފައިވާއިރު، 30 މޫދު ކޮޓަރި އެޅުމަށް ވެސްް ވަނީ ނިންމާފައެވެ.

އެ ބްރޭންޑުން ބުނޫ މި ތަންތަން ފަރުމާކުރުމަށް ނިންމާފައިވަނީ، ޖަޕާނުގެ ސަގާފީ ސިފަތައް ހިމެނޭ ގޮތަށް ކަމަށެވެ.

މީގެއިތުރުން، ނޯބޫ  އިން ތަރައްގީކުރާ ރެސިޑެންޓްސް ތަކުގައި، ގިނަ އަދަދެއްގެ ކޮޓަރިތަކާއި، ޑައިނިނިއް އޭރިއާ އާއި ބޮޑު ސިޓިންގް ރޫމް އެއްގެ އިތުރުން، އަމިއްލަ ބީޗެއް ވެސް އޮންނާނެއެވެ.

މި ރެސިޑެންޓްސްތަކުން މައި ރިސޯޓަށް ދަތުރުކުރުމަށް ހާއްސަ ޔޮޓެއް ވެސް ހަމަޖައްސާނެ ކަމަށް ނޯބޫ އިން ބުނެއެވެ.

ހަމަމިއާއެކު، ރިސޯޓްގެ މައި މަރުކަޗެއްގެ ގޮތުގައި މަތީ ފަންތީގެ ރެސްޓޯރެންޓެއް ތަރައްގީކުރާނެ ކަމަށް ނޯބޫ އިން ބުނެފައިވާއިރު، މި ރެސްޓޯރެންޓުން މަޝްހޫރު ޝެފް ނޯބޫގެ ޖަޕަނީޒް-ޕެރޫވިއަން ކާތަކެތި ލިބޭނެއެވެ.

ނޯބޫ ބުރޭންޑުން އިން ބުނީ، ރާއްޖޭގެ ލަގްޒަރީ ދިރިއުޅުމުގެ މާނަ މުޅިން ބަދަލުކޮށްލާނެ ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ahmed Mauroof
Ahmed Mauroof
1 month ago

އެއްކޮއް އަތޮޅު ބަހަ ވީނަމަ

Last edited 1 month ago by Ahmed Mauroof