ރޯދަ އަށް އޮންލައިން ކޮށް ވިޔަފާރިކުރާއިރު ސްކޭމަރުންނަށް ސަމާލުވޭ!

Roadha ah online koh viyafaari kuraairu scammers ah samalaauvey!

އޮންލައިންކޮށް ވިޔަފާރި ކުރާއިރު، ވަކިން ހާއްސަކަޮށް ރޯދައަށް ތައްޔާރުވުމުގެ ގޮތުން އޮންލައިން ވިޔަފާރިކުރުމުގައި ސްކޭމަރުންނަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ މިފަދަ ދަނޑިވަޅުގައި ސްކޭމަރުން ނާޖާއިޒް ގޮތުގައި ފައިދާ ނަގަމުންދާ ކަމަށެވެ. އެންޓި ސްކޭމް ސެންޓަރުގެ ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ، މިދުވަސްވަރު ފޭސްބުކް ގެ މާރކެޓް ޕްލޭސް ފަދަ އޮންލައިންކޮށް ވިޔަފާރިކުރާ ޕްލެޓްފޯމުތަކުގައި ހިނގާ ސްކޭމްތައް ގިނަ ކަމަށެވެ.

އޮންލައިން ފައިސާގެ މުއާމަލާތްތައް ކުރާއިރު، އެއީ އަސްލު ވިޔަފާރިއެއްތޯ ޔަގީން ނުކޮށް ފައިސާ ނުފޮނުވުމަށް ޝަހުނީޒް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށް ޝަހުނީޒް ވަނީ ވިދާޅުވެފައެވެ.

އޮންލައިންކޮށް ވިޔަފާރިކުރާއިރު، ލިންކުތަކަށް ނުފިއްތުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ހަމަމިއާއެކު، ބޭންކު އެކައުނަޓްގެ އެއްވެސް މައުލޫމާތެއް، ވަކިން ހާއްސަކޮށް އޯޓީޕީ، އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments