ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ސްޓެލްކޯ
Roadha mahu current bill 400 ruffiya ah vure bodeh nuvaane: Stelco

މި ފެށޭ ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ވޮޑު ނުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ރޯދަ އަަށް އަންނާނީ ވަކި ބިލެއް ކަމަށާއި، އެ ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ރީޑިން ނަގާނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހުގައި ކަމަށެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހު ކަރަންޓު ބިލު ކުޑަ ކޮށްދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.




