މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް – މައުމޫން
Maadhamaa akee roadha mahuge furathama dhuvas - Maumoon

މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރޯދަ ދުވަސް ކަމަށް ފަލަކީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މަައުމޫން އަބްދުލް ޤައްޔޫމް ވިދާލޫވެއްޖެއެވެ.
މައުމޫން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވިދާޅުވީ، ފަލަކީ ހިސާބުތައް ދައްކާ ގޮތުން މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިރޭ ހަނދު ފެންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މައުމޫން ވަނީ ، ދުނިޔޭގެ ހުރިހާ ރަމަޟާން މަހުގެ ހެޔޮ އެދުންތައް ފޮނުވާފައެވެ.
ރޯދަ ހިފަން ފަށާނީ އިސްލާމިކް މިނިސްޓްރީއިން ހަނދު ސާބިތު ކުރީމައެވެ. ހަނދު ސާބިތުކުރުމަށް މިނިސްޓްރީއިން ބާއްވާ ބައްދަލުވުން އޮތީ މިރޭގައެވެ.




