ގަމުގައި މަގު ބައްތި ޖެހުމަށް ކަރަންޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ
Gamugai magu bahthi jehumah current supply kohdheyne faraatheh hoadhanee
ގަމުގެ އެކިސަރަހައްދުތަކުގައި މަގުބައްތި ޖެހުމަށް ބޭނުންވާ ކަރަންޓް ކޭބަލް ހޯދުމަށް ގަމު ކައުންސިލުން އިއުލާނުކޮށްފިއެވެ.
މަގުބައްތި ޖެހުމަށް ބޭނުންވާ ކަރަންޓް ކޭބަލް (5 ކޭބަލް ރޯލް – 500 މީޓަރ) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ގަމު ކައުންސިލުން ވަނީ ގެޒެޓްކޮށްފައެވެ.
ގަމު ކައުންސލްގެ އިއުލާނުގައި ބުނީ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 22 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 12:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށް ފަހު ބީލަމުގައި ރަޖިސްޓްރީވުމަށެވެ.
ބިޑް ޑޮކިއުމެންޓްގެ އަގަކީ 200 ރުފިޔާއެވެ. އެގޮތުން، ބީލަމުގައި ރަޖިސްޓުރީވުމަށް ބިޑް ފޮތް ވިއްކުން 22 ފެބްރުއަރީ އާ ހަމައަށެވެ. ހަމަމިއާއެކު، ބީލަން ހުށަހެޅުން އޮތީ، 26 ފެބްރުއަރީގެ 13:00 ގައި، ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް ގައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންެމެ އަންދާސީ ހިސާބެކެވެ.
މީގެއިތުރުނަ، އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރި ނުވެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އެ އިއުލާނުގައި ބުނީ، ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ޙާޒިރުވެ ނުވަތަ 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.




