މިދިޔަ އަހަރު ގެވެށި އަނިޔާގެ 99 މައްސަަލަ، 38 މީހުން ހައްޔަރުކުރި!

Midhiya aharu geveshi aniyaage 99 mahsala, 38 meehun hayyaru kuri!

ފާއިތުވި އަހަރުގައި ގެވެށި އަނިޔާގެ 99 މައްސަލައެއް ރިޕޯޓްކޮށްފާއިރު، 38 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމަށް، އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިއަމުރާ ހިލާފުވެއްޖެ ނަމަ، ޖިނާއީ ކުށެއްގެ ގޮތުގައި އެކަން ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި މިފަދަ 24 މައްސަލަ އެއް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކޯޓުތަކުން ނެރޭ މިފަދަ އަމުރުތަކަށް ކިޔަމަންތެރިވުމަށް ފުލުހުން ނަސޭހަތްެތެރިވެފައިވާ އިރު، އަމުރާ ހިލާފުވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ ބުނެފައެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ.

މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ.

މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments