ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ބީއެމްއެލް އެޕް އިން ޑޮލަރު ހޯދޭނެ!
Beysfaruvaa ah dhathuru kuraa faraaiythakah mihaaru bml app in dollar hoadheyne!

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރު ހޯދޭނެ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފިއެވެ.
ޑޮލަރު ހޯދުމަށް، މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. އެގޮތުން، ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅައި، އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕުން ބަލައިލެވޭނެ ގޮތް ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.
ބީއެމްއެލް އިން ބުނީ؛
“ބީއެމްއެލް އެޕްގެ ޑޭޝްބޯޑަށް ދިއުމަށް ފަހު ‘މެޑިކަލް ޑޮލާ ރިކުއެސްޓް’ ބަޔަށް ގޮސް ޑޮލަރަށް އެދި ހުށަހެޅޭނެއެވެ.”
އަމިއްލަ ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ފަރާތްތަކަށް 1000 ޑޮލަރު ވިއްކާއިރު، އެންސްޕާ އަދި އާސަންދައިގެ އެހީގައި ދަތުރުކުރާ ފަރާތްތަކަށަ ވިއްކަނީ 2000 ޑޮލަރެވެ.




