ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ފުޅި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފި

Beynun kohfai hunna plastic fulhi beynun nukurumah ilthimaas kohfi

އެއްފަހަރު ބޭނުންކޮށްފައިވާ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ނުވިއްކުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބުނީ، ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށްގެން ބޭނުންކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ކަމަށާއި ޕްލާސްޓިލް ފުޅި  އަށް ކާބޯތަކެތި އަޅައިގެން، އެހެން ބޭނުންތަކަށް( ވިޔަފާރީގެ ބޭނުމަށްވެސް، ) ބޭނުންނުކުރުމަށެވެ.

އެ އިދާރާއިން ބުނީ، ބޯފެނާއި ލުއިބުއިންތައް ހުސްކުރި ފުޅިތަކުގައި ހުންނަ ޕްލާސްޓިކުގެ އަސަރު ކާބޯތަކެއްޗަށް ކުރާނެ ކަމަށެވެ.

އެމްއެފްޑީއޭ އިން މައުލޫމާތު ދިންގޮތުގައި؛

  • އެކަހަލަ ފުޅިއަކީ، އެއްފަހަރު ބޭނުންކޮށްފަ އުކާލާގޮތަށް ވަކިވައްތަރެއްގެ ޕްލާސްޓިކްގައި ތައްޔާރުކޮށްފައި ހުންނަ އެއްޗެއް
  • އެކަހަލަ ފުޅި އުފައްދާފައިވަނީ، ޕޮލިއެތިލީން ޓްރަތަޔަލޭޓް ނުވަތަ ޕީއީޓީ އިނަ ކިޔާ ކެމިކަލް އަކުން
  • ފުޅިން ޕްލާސަޓިކްގެ އަސަރު ކާބޯތަކެއްޗަށް އަސަރުކޮށް، އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރޭ

މީގެއިތުރުން އެމްއެފްޑީއޭ އިން ބުނީ، ކާބޯތަކެތި ވިޔަފާރިކުރާ ފަރާތްތަކުން ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް، ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ ކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް އަމަލު ނުކުރުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments