ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި އައު މިސްކިތް ހުޅުވައިފި

Gamu thundee aabaadhu saraahdhugai binaakuri aa miskih hulhuvaifi

ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި އަލަށް ބިނާކުރި “މަސްޖިދުއްސަލާމް” މިސްކިތުގެ ހުރިހާ މަސައްކަތެއް ނިމި، ރަސްމީކޮށް ހުޅުވައިފިއެވެ.

މި މިސްކިތް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރާއި، ލ. ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މަސްޖިދުއްސަލާމަކީ މިދިޔަ ސަރުކާރުން ޕީއެސްއައިޕީ ބަޖެޓުން 16.8 މިލިއަން ހަރަދުކުރުމަށް ބަޖެޓުކޮށް, ބިންގާ އަޅާފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ 2023 މާޗް 2 ވަނަ ދުވަހު، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއެވެ. މީގެ އިތުރުން މިނިސްޓްރީގެ އޭރުގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވިސާމްއާއި މިސްކިތް އިމާރާތް ކުރުމަށް ހަވާލު ކުރެވުނު ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަސްޖިދުއްސަލާމް މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

ޖުމްލަ 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ. މީގެ ކުރިން މި ސަރަހައްދުގައި ބޭނުންކުރަމުން އައީ ޖާގައިގެ ގޮތުން ދަތި ކުޑަ މިސްކިތެކެވެ.

ގަމު ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިސްކިތް ހުޅުވުމާއެކު މިހާރު ކުރިއަށްދާ މި ރަމަޟާން މަހުގެ ތަރާވީސް ނަމާދު އެ މިސްކިތުގައި ކުރަމުންދާނެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments