އެމްޑީޕީގެ ބޮޑު މުޒާހަރާ އަންނަ މަހު 21 ގައި!
MDP bodu muzaaharaa anna mahu 21 gai!

އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 21ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މިކަން އިއުލާނުކުރީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބު އޮންނަ ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ، ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނަން ނިންމާފައެވެ.
އެމްޑީޕީ އިން ވަނީ ވީހާވެސް ގިނަ ރައްޔިތުން މުޒާހަރާގައި ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ރައްޔިތުން ވެސް ކުރިއަށް އޮތް ހިޔާލު ހޯދުމުގެ ވޯޓަށް ނޫނެކޭ ބުނުމަށްވެސް އެމްޑީޕީ އިން ވަނީ ގޮވާލާފައެވެ.




