އިދިކޮޅުން މަސައްކަތްކުރަނީ އިސްދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތައް ހުއްޓުވުމަށް: މެންބަރު ޝަފީއު

Idhikolhun massakkaiy kuranee isdhoogai hingamundhaa project thah huhtuvumah: member shafeeu

އިދިކޮޅުން އެ މަސައްކަތްކުރަނީ އިސްދޫގައި ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓްތައް ހުއްޓުވުމަށް ކަމަށް ކަމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

އިސްދޫ ވެމްކޯ ސައިޓްގައި ހުރި މުދާ ބޭނުންކޮށްގެން ޕީއެންސީ ޖަގަހައެއް އެޅުމުގެ މަސައްކަތް މެންބަރު ޝަފީއު  އިސްކޮށް ހުންނަވައިގެން ކުރަމުންދާ ކަމަށް ރާއްޖެ އެމްވީ އިން ރިޕޯޓްކޮށްފައިވާ ޚަބަރު މެންބަރު ވަނީ ދޮގުކުރައްވާފައެވެ.

އެ ނޫހުން ވަނީ ފެނަކަ އޮފީސް ރޭނުމަށް ގެނެސްފައިވާ ގާތަށް ބޭނުންކޮށްގެން ޖަގަހަ ހެދުމުގެ މަސައްކަތް ކުރާ ކަމަށާއި، އިސްމާއިލް ޝަފީއު އިސްވެ ހުންނަވައިގެން ސިޔާސީ މަސައްކަތަށް ލ.މާބައިދޫ ޔޫތް ސެންޓަރ ބޭނުން ކުރަމުންދާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން މެންބަރު ޝަފީއު ވިދާޅުވީ،  ރާއްޖެ އެމްވީ  އަކީ އެމްޑީޕީ ޕްރޮމޯޓް ކުރާ ސިޔާސީ ޕާޓީ ކަމަށާއި، އެހެންވީމާ ހާއްސަކޮށް، މިދުވަސްވަރު އެމްޑީޕީ އިން ބަލާނީ ދޮގު ފެތުރޭތޯ ކަމަށެވެ.

މެންބަރު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ވަކި ތަނެއް ނޯންނާނެ ކަމަށާއި، ކޮންމެ ތަނެއްގައި ވެސް ދާއިރާގެ ރައްޔިތުންނާ، ގާނޫނީ ހުރަހެއް ނެތް ނަމަ ބައްދަލު ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން މެންބަރު ޝަފީއު ވިދާޅިވީ، ސިޔާސީ މަސައްކަތް ހުރިހާ ރަށެއްގައި ވެސް އަބަދުވެސް ކުރަނީ، ޕީއެންސީ ޖަގަހަ ތަކުގައި ކަމަށެވެ.

މެންބަރު ޕީއެންސީ ޖަގަހައެއް ދައުލަތުގެ މުދާ ބޭނުންކޮށްގެން އަޅަން އުޅޭކަމަށް ބުނާ ވާހަކަ ދޮގުކުރައްވާ ވިދާޅުވީ، ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާ ކަމަށާއި، އެފަދަ ކަމެއް ކުރުމަށް ހިތްވަރެއްވެސް ނުދޭ ކަމަށެވެ.

“ ވެމްކޯގެ މުދަލަކީ އަޅުގަނޑަށް އެނގޭ ގޮތުގައި، ކައުންސިލްގެ ބެލުމުގައި ހުންނަ ތަކެތި، އެއީ ކައުންސިލުން  ޑިއުޓީ ކުރާ ތަންތަން.”

މެންބަރު އިތުރަށް ވިދާޅުވީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް، އެފަދަ ދޮގު ހަބަރެއް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ރައީސް މުއިއްޒުގެ ސަރުކާރުން އިސްދޫ ދާއިރާގައި ބޮޑެތި ޕްރޮޖެކްޓްތަށް ހިންގުމަށް މަަސައްކަތް ކުރަމުންދާތީވެ، އިދިކޮޅުން އެކަން ހުއްޓުވުމަށް ވަރަށް މަސައްކަތްކުރޭ.”

މެންބަރު އިތުރަށް ވިދާޅުވީ މި ދައުރުގައި އިސްދޫ ދާއިރާ ތަރައްގީ ވެގެން ދާނެކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments