ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމުގެ ހުއްދަ ދެނީ

Nukulhedhuntherikan hunna kudhinge beleniverin geyga masakkaiy kurumah huhdha dhenee

ސިވިލް ސާރވީސްގަައި މަސައއްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ ބެލެނިވެރިން ގޭގައި މަސައްކަތްކުރުމަށް 3 ގޮތަކަށް ހުއްދަ ދިނުމަށް ސިވިލް ސާރވީސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.

ސިވިލް ސާރވިސް އިން ގެޒެޓްކޮށްފައިވާ އާންމު ގަވާއިދުގައި ބުނީ، ސަރުކާރު ވަޒީފާތަކުގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން (މަންމަ ނުވަތަ ބައްޕަ، ނުވަތަ ބަލަދުވެރިޔާ)،  އަށް ދޭނީ، ޝަރުތުތަކާއެކުގައި ކަމަށެވެ.

އެގޮތުން، ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް، ސިއްހީ ލަފާދޭ މީހެއްގެ ލިޔުމެއް އޮންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ވަނީ 3 ދަރަޖަ އަކަށް ބަހާލާފައެވެ.

އެެއީ؛

  • އާއްމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ކުދިންގެ ބެލެނިވެރިން
  • ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން މެދުމިނަކަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން
  • ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީއާ ނުލައި ކުރެވޭނެ ކުދިންގެ ބެލެނިވެރިން

އިސްލާހުކުރި ގަވާއިދުގައި ބުނަނީ، އެއް ވަނަ ދަރަޖައިގައި ހިމެނޭ  މަންމައިން ނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރު ނުވެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ދެވަނަ އަދި ތިން ވަނަ ދަރަޖައިގައި، އެފަދަ ކުދިންގެ މައިން އޮފީހަށް ހާޒިރުނުވެ މަސައްކަތް ކުރެވޭނީ ކުއްޖާގެ ކައިރީގައި ކޮންމެހެން ހުންނަން މަޖުބޫރު ހާލަތެއްގައެވެ.

އެފަދަ ހާލަތެއް އަތުވެއްޖެނަމަ، އޮފީހަށް ނުކުމެ ދުވާލަށް ކަނޑައަޅާފައިވާ މަސައްކަތުގެ ބޮޑުބައެއް މަސައްކަތްކުރުމަށްފަހު، ބާކީ ވަގުތު ގޭގައި މަސައްކަތް ކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ހަމަމިއާއެކު، ހަވާލުކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭ މަސައްކަތަކަށް ވުމާއެކު، މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލަކާއި ވަސީލަތް ހުރިކަން ކަށަވަރު ކުރަން ޖެހެއެވެ. އަދި ކޮންމެހެން އޮފީހަށް ހާޒިރުވެގެން ކުރަން ޖެހޭ މަސައްކަތެއް އޮވެއްޖެނަމަ އޮފީހަށް ހާޒިރުވުމަށް ވެސް ގަވާއިދުގައި ބުނެއެވެ.

އެ އިސްލާހުގައި  އިތުރަށް ބުނަނީ ގޭގައި ހުރެގެން މަސައްކަތް ކުރަން ކަނޑައަޅާފައި  އޮންނަ މިންވަރަށް މަސައްކަތް ނުކުރެވޭ ނަމަ ސިވިލް ސާރވިސް އިނ ދޭ ހުއްދަ ބާތިލް ވާނެ ކަމަށެވެ.

ޓީޗަރުންނާއި ނަރުހުންނާއި، އޮފީސްތަކުގެ އިސްވެރިން ފަދަ، އޮފީސްތަކަށް  ކޮންމެހެންހާޒިރުވުން ލާޒިމުކުރާ މީހުން މި ހުއްދައިން އެކަހެރިވެއެވެ.

އެހެންނަމަވެސް އެ ފަރާތްތަކަށް ވެސް ލުއި ގޮތް ހަމަޖައްސައިދިނުމަށް ގަވާއިދުގައި ބުނެއެވެ. އޭގެތެރޭގައި،

ދަންފަޅި ކަނޑަ އެޅުމުގައި އާއި މަސައްކަތް ކުރާ ވަގުތު ކުރުނުވާ ގޮތަށް ހަމަޖެއްސުމާއި، ބާކީ ވަގުތު ގޭގައި ހުރެގެން ކުރެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments