މާރިޗު މަހުގައި ވާރޭ ވެހޭ މިންވަރު މަދުވާނެ: މެޓް އޮފީސް
March mahugai vaarey vehey minvaru madhuvaane: Met office

މިއަހަރުގެ މާރިޗު މަހުގައި ރާއްޖެއަށް ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުން ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް، ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ، އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުން ކަމަަށެވެ.
މެދުރާއްޖެތެރެއާއި، ދެކުނުގެ އަތޮަޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުންކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.
ހަމަމިއާއެކު،ފިނިހޫނު މިނަށް ބަލާއިރު، މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނި ހޫނު މިން އެންމެ މައްޗަށް ދާނެ މިންވަރާއި، އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް، މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.




