ލ. ގަމު ލިންކް ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

L. Gamu link road gai nurakkaatheri accident eh hingai dhemeehakah aniya vejje

ލ. ގަމު ލިންކް ރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ގަމު ލިންކް ރޯޑުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 52 އަހަރުގެ އަންހެނަކަށާއި 19 އަހަރުގެ ފިރިހެނަކަށެވެ.

މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލު ސީއީއޯ މައުލޫމާތު ދޭ ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށްވެސް އެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ…..

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments