ކައުންސިލް ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ލާމުއަތޮޅަށް ވަޑައިގެންފި
Council campaign ah MDP ge leadershipge beyfulhun laamu atholhah vadaigenfi

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް އާއި އެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ލާމު އަތޮޅަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކުގެ ބައެކެވެ.
މި ޓީމް ލާމު އަތޮޅަށް އެމްޑީޕީގެ ވަފުދު ވަޑައިގަތުމުން ވަނީ ”ހޫނު މަރުޚާބާއެއް“ ދަންނަވާފައެވެ. އަދި މިއަދު ކެމްޕޭން ޓީމުން އިސްދޫއަށް ފޭބުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، ޕާޓީގެ އިސްވެރިންނަށް މަރުޚާބާ ކިޔާފައެވެ.

މި ދަތުރުފުޅުގައި ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކައުންސިލް އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
އެމްޑީޕީގެ ލީޑަރޝިޕުން ލާމު އަތޮޅަށް ކުރައްވާ މި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުދަ ދުވަހުއެވެ. މި ދަތުރުގެ ސަބަބުން އަތޮޅުގެ ކެމްޕޭން ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އެ ޕާޓީން އުންމީދު ކުރެއެވެ.




