ތެޔޮ އަގުބޮޑުވެ ޕެޓްރޯލް ލީޓަރެއް 18.51 އަށް، ޑީސަލް ލީޓަރެއް 20.17 އަށް އުފުލިއްޖެ

Theyo aguboduve petrol litre eh 18.51 ah, diesel litre eh 20.17 ah ufulijje

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ވިއްކާ ތެލުގެ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުންދާތީ، ރާއްޖޭގައި ތެޔޮ ވިއްކާ ކުންފުނިތަކުން ވަނީ އަގުތައް މަތިކޮށްފައެވެ.

އެފް އެސް އެމް (އެފްއެސްއެމް) އިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ވަނީ އިތުރުވެފައެވެ.

ލާމު ފޮނަދޫގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިތަކުން ވެސް މިހާރު ވަނީ އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން ހޯކްސް އާއި ޑިގް އިޓް ފިއުލް އިން ވިއްކާ ތެލުގެ އަގުތައް ވެސް ވަނީ މަތިކޮށްފައެވެ. މީގެ ކުރިން 16.00 ރުފިޔާއަށް ލިބެމުންދިޔަ ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ވަނީ 18.51 ރުފިޔާއަށްއުފުލިފައެވެ.

މީގެ އިތުރުން ޑީސަލްގެ އަގަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ކުރިން 16.55 ރުފިޔާއަށް ލިބެމުންދިޔަ ޑީސަލް ލީޓަރެއްގެ އަގު މިހާރު ވަނީ 20.17 ރުފިޔާއަށް ބޮޑުވެފައެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގެ ބާޒާރަށް އައި ބޮޑު ބަދަލެކެވެ.

ތެލުގެ އަގު ބޮޑުވެފައި މިވަނ ީރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments