މި މަހު ލާމު އަދި މީމު އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށަނީ
Mi mahu laamu adhi meemu atholhugai RTL ge hidhumaiy fashanee

މި ހިނގާ މާރިޗު މަހުގައި ލާމު އަތޮޅާއި މީމު އަތޮޅުގައި، އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަހަރުގެ ޖޫން މަހުގެ ކުރިން ، ރާއްޖޭގެ ހުރިގަ އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ގާއިމުކުރުމުގެ ދަށުން، މިމަސްތެރޭގައި، ލ އަދ މ ގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖޫންގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލް ޚިދުމަތް ދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމާޒެކެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޖޫން މަހުގެ ކުރިން، ހުރިހާ އަތޮޅެއްގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ އާރުޓީއެލްގެ ޚިދުމަތް ގާއިމުކުރެވިފައެވެ.



