ތަރާވީސް ގަޑީގައި ކޮލެޖު ކިލާސްތައް ނުބޭއްވުމަށް މިނިސްޓަރު ޝަހީމް އެދިވަޑައިގެންފި
Tharaavess gadi thakugai college class thah nubehvumah minister shaheem edhi vadaigenfi

ބައެއް ކޮލެޖްތަކުން ތަރާވީސް ގަޑިތަކުގައި ކޮލެޖު، ކިލާސްތައް ބާއްވަމުންދާތީވެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮނޑުވުން ފާޅުކޮށްފިއެވެ.
ޝަހީމް ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ،ބައެއް ކޮލެޖްތަކުން ފަހު ދިހައިގަ ވެސް ތަރާވީސް ނަމާދު ގަޑީގައި ރޭގަނޑު ކްލާސްތައް ޝެޑިއުލްކުރާތީވެ ބައެއް ދަރިވަރުން ޝަކުވާ ހުށަހަޅަމުން ދާކަމަށެވެ. އަދިއެފަދަ ގޮތަކަށް ކްލާސްތައް އިންތިޒާމު ކުރާ ކޮލެޖްތަކުން ތަރާވީސް ނަމާދަށް ހުރަސް ނޭޅޭ ގޮތައް ގެންދިއުން ވަރަށް މުހިންމުކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފަހުދިހައިގެ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ފަހު ދިހަައަށް ސަރުކާރުވެސް ބަންދުކޮށްފައެވެ. ދެން އަލުން ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އީދަށް ފަހުގައެވެ. ކަލަންޑަރުން ދައްކާ ގޮތުގައި މިއަހަރުގެ ފިތުރު އީދަކީ، މިމަހު20 އެވެ.




