ގަމުގައި ގާއިމުކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި
Gamugai gaaimu kuraa rihabilitation centre ge imaaraathuge foundation elhumuge massakkaiy fashaifi

ލާމު ގަމުގައި ސަރުކާރުން ގާއިމުކުުރުމަށް ހަމަޖެހިފައިވާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އާރުޑީސީ) އިން ފަށައިފިއެވެ.
އާރުޑީސީ އިން ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ގަމުގައި ޤާއިމްކުރާ ރިހެބިލިޓޭޝަން ސެންޓަރުގެ އަމަލީ މަސައްކަތުގެ ދަށުން،މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިންކޮނުމުގެ މަސައްކަތް ކަމަށެވެ.
ގަމުގެ ރިހެބިލިޓޭޝަން ސެންޓަރުގެ ޢަމަލީ މަސަައްކަތްފެށީ، ރައީސް މުއިއްޒު ގަމަށް ކުރެއްވި ދަތުރުފުޅެއްގައެވެ.މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ގޮތުން އެންޑީއޭއިން ވަނީ ތިން ސަރަހައްދެގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރުމަށް ނިންމާފައެވެ. އެއީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ.ގަމެވެ.




