އިސްދޫ – ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Isdhoo - Kalaihoo ge maguthah zamaanee fenvarah tharahgee kuranee

ލ.އިސްދޫ-ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އާރޫޑީސީއިން ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ.އިސްދޫ-ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަަމަށެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއުން އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

މީގެ ކުރިން މިނިސްޓަރ މުއްތަލިބު އަދި އިސްދޫ ދާއިރާގެ މެންބަރު ޝަފީއު ވެސް ވަނީ އިސްދޫ ކޯޒްވޭ ހެދުމުގެ މަސައްކަތާއި ލ. އަތޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އާ އެއަރޕޯޓުގެ އެންމެ ފަހުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މާބައިދޫ ޝޯ ޕްރޮޓެކްޝަން ފެށޭނެ ދުވަހަކާ ބެހޭގޮތުންނާއި އިސްދޫގެ މަގުތައް ތަރައްޤީ ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އާ މަޝްވަރާކުރައްވާފައެވެ،

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments