ހަރަދުކުޑަކުރުމަށް އީދު ލައިޓުތައް ސިޓީތަކުގައި އެކަނި ދިއްލުމަށް ނިންމައިފި

Haradhu kuda kurumah eid light thah city thakugai ekani dhihlumah ninmaifi

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ހަރަދުކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އީދު ލައިޓުތައް ރަށްރަށުގައި ނުދިއްލައި، ހަމައެކަނި ސިޓީތަކުގައި ދިއްލުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލި ހާއްސަ ވަޒީރުންގެ ކޮމެޓީއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ހަރަދުކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކޮމެޓީގައި މަޝްވަރާކޮށްފައިވާ ކަމަށާއި، އީދަށް، ރަށްރަށުގައި އީދު ބޮކިތައް ނުދިއްލައި ހަމައެކަނި މާލޭ އާއި އެހެނިހެން ސިޓީތަކުގައި އީދަށް ލައިޓުތައް ދިއްލުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސިޓީތަކުގައި ވެސް ހުރިހާ ސަރަހައްދެއްގައި އީދު ލައިޓުތައް ނުދިއްލާ ގޮތަށް ކަނޑައަޅާފައިވާ ކަަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެކުރިން، ސަރުކާރުން،65 ރަށެއްގައި އީދު ލައިޓުތައް ހަރުކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments