ސީޓީ ސްކޭން ހިމެނޭހެން ގަމު ރީޖަނަލްގެ ބައެއް ސްކޭންގެ ޚިދުމަތްތައް ހުއްޓިފައި!

CT scan himeneyhen gamu regional ge baeh scan ge hidhumaiythah huhtifai!

ލ.ގަމު ރީޖަނަލްގެ ސީޓީ ސްކޭންގެ ޚިދުމަތް ހިމެނޭހެން ބައެއް ސްކޭންގެ ޚިދުމަތްތައް އަނެއްކާވެސް ހުއްޓިއްޖެއެވެ.

އެގޮތުން،ސީޓީ ސްކޭން އަދި އަލްޓްރާ ސައުންޑްގެ ސްކޭން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ނުލިބޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލްގެ ސީއީއީ އަބްދުލް ހަންނާންއާ ވިދާޅުވީ، ސީޓީ ޕާރޓްގެ އެޑްވާންސް ޕޭމަންޓް ހެދިފައިވާ ކަަމަށާއި، އެސްޓީއޯ އިން އަންނަ ހަފުތާގެ ކުރިން ޑިސްޕެޗް ކުރާނެކަމަށް ބުނެފައިވާ ކަމަށެެވެ. ހަންނާން ވިދާޅުވީ ސީޓީ ސްކޭންގެ މައްސަލަ ދިމާވީ މިދިޔަ ފެބްރުއަރީ މަހުގެ12 ވަނަ ދުވަހުގައި ކަމަށާއި އަލްޓްރާ ސައުންޑްގެ ސްކޭންގެ މައްސަލަ ދިމާވީ ފެބްރުއަރީ22 ވަނަ ދުވަހުގައި ކަމަށެވެ.

ހަންނާން ވިދާޅުވީ ސްކޭން މެޝިން ގަންނަން ހަވާލުކުރި ފަރާތުން ބުނީ، ކޮރެއާ އިން އެ މަސައްކަތް ކުރަމުންދާ ކަމަށާއި ޑިއުޓީގެ މައްސަލަ ދިމާވީ އެއްްފަހަރު އިމްޕޯޓް ކުރި އައިޓަމެއް ރީ-އެކްސްޕޯޓް ކުރަން ޖެހުނީމަ ކަމަށެވެ.

”މަސައްކަތް ހަވާލުކުރި ކޮމްޕެނީ ތަކުން، މައުލޫމާތު ދޭ ގޮތުން، ނަމަ ފެށޭ ހަފުތާ ތެރޭ އަލުން ހިދުމަތް ފެށޭނެ.“

މީގެއިތުރުން ހަންނާން ވިދާޅުވީ، އަލްޓްރާ ސައުންޑް ސްކޭން މެޝިނަކީ މިދިޔަ އަހަރު ނޮވެމްބަރު22 ގައި ގެނައި މެޝިނެއް ކަމަށާއި، ތިން މަސްތެރޭ ދެ މެޝިން ހަލާކުވިކަމަށެވެ. އަދި ސީޓީގެ މައްސަލަ މި ޖެހުނީ 6 މަސް ތެރޭ ދެވަނަ ފަހަރަށް ކަމަށެވެ. އެގޮތުން އެންމެ ފަހުން މިދިޔަ އަހަރު އޯގަސްޓު މަހުގެ22 ވަނަ ދުވަހު ޖެހުނު މައްސަލަ ހައްލުކޮށް ހިދުމަތް ފެށިކަމަށް ހަންނާން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments