އިންތިހާބާ ބެހޭ މަރުކަޒުގެ ކައިރީގައި އަލިފާނުގެ ހާދިސާއެއް: އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ނުލިބޭ!
Inthihaabaa behey marukazugai alifaanuge haadhisaa ej: Ehbes liye kiyumakah gehlumeh nulibey!

އިލެކްޝަންސް ކޮމިޝަންސް އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރިގެން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ރޯވީ އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ފިހާރައެެއްގައެވެ. ހާދިސާ ހިނގި ވަގުތުގައި އީސީގެ އިންތިހާބާއި ބެހޭ މަރުކަޒުގައި،ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެހެންނަމެސް، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ.
އީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ”ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީހެއް ފަހުން އަންގާނެކަމަށެވެ. އީސީ އިން ކުރި އެހެން ޕޯސްޓެއްގައި ބުނީ،އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިޚާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ކަމަށެވެ.އަދި މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް އީސީ އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމަކަށް މައުލޫމާތެއް ނުލިބެއެވެ، އެމްއޭސީއެލްގެ ފަޔަރ ޓީމުން މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ




