އިންތިހާބުވެއްޖެނަމަ ތެދުވެރިކަމާއެކު ގަމު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ހުންނާނަން: ފާތިމަތު އަލީ
Inthihaabu vehjenama thedhuveri kamaa eku gamu rayyitunnah hidhumaiy kurumugai dhemi huhnaanan: Fathimath Ali

މަގާމަށް އިންތިހާބުވެއްޖެނަމަ ތެދުވެރިކަމާއެކު ގަމު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ހުންނާނެކަމަށް،ގަމު އަންހެނުންގެ ކޮމެޓީގެ މެންބަރުކަމަށް ކުރިމަތިލެއްވި، އެމްޑީޕީ ކެނޑިޑޭޓު ފާތިމަތު އަލީ ގަމު އަންހެނުން ކޮމެޓީގެ މެންބަރު ފާތިމަތި އަލީ ވިދާޅުވެއްޖެއެވެ.
ފާތިމަތު އަލީ ވިދާޅުވީ މަގާމަށް ކުރިމަތިލުމަށް ނިންމީ، އޭނާ އަކީ މުޖުތަމައުގެ ގިނަ ފަރާތްތަކަކާއި ގުޅުންހުރި، އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތައް ރަނގަޅަށް ދެނެގަނެ، ގިނަ ރައްޔިތުންތަކަކާއެކުގައި ގާތުން، މަސައްކަތްކުރެވޭ އެންމެންގެ އިހުސާސްތައް އިނގޭ ފަރާތަކަށް ވާތީ ކަމަށެވެ.ފާތިމަތު ވިދާޅުވީ، ސިޔާސީ ކަންތައްތަކަށް ޝައުގުވެރިކަން އުފެދިގެން އައީ، ހާއްސަ މަޖިލީހުގައި ގާނޫނު އަސާސީ އެކުލަވާލައިގެން އައިއިރު، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެން ދިއުމުން ކަމަށެވެ.
”އެ ގާނޫނުތައް އުފެދިގެން އައިއިރު، އޭގެ ޑްރާފްތައް ޗެކްކުރުމާއި، މިކަންތައް ކުރަން ވަރަށް ގާތުން ފުުރުސަތު ލިބުން. ދެން އަޅުގަނޑު އެކަމުގެ ތެރެއަށް ސިކުނޑި ވަދެގެން ދިޔަ. އެހެން އެކަން އޮއްވާ 2008 ވަނަ އަހަރު ސިޔާސީ ޕާޓީތައް ވުޖޫދުވެގެން އައިސް، ސިޔާސީ މަސްރަހު ރާއްޖޭގައި، ފެށިގެން ދިޔައިރު އަޅިގަނޑު ދިޔައީ ވަރަށް ގާތުން މަސައްކަތްކުރަމުން.“
ފާތިމަތު ވިދާޅުވީ، އެއިރުން ފަށައިގެން ސިޔާސީ މަސްރަހުގައި އޭނާ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ދާއިރާގައި ރައްޔިތުންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް އެންމެ ރަނގަޅަށް އެނގޭ ފަރާތަކީ އޭނާ ކަމަށް ވިދާޅުވިއެވެ.
”ސަބަބަކީ ޑަބްލިއުޑީސީގެ ރައީސްކަން 3 އަހަރު ދުވަހުކޮށް، ކައުންސިލްގެ އަންހެން މެންބަރުންގެ ގޮނޑި ދެއަހަރު ފުރާފައިވާ ފަރާތެއް. އަޅުގަނޑަކީ ކޮންމެ ދުވަހަކު ރައްޔިތު މީހާގެ، ގާތަށް ގޮސް، އެމީހުންގެ ހާލު ބަލައި، އެމީހުންގެ ކަންބޮޑުވުންތަކާއި މަޝްވަރާތައް އަޑުއަހައިގެން، މަސައްކަތްކުރާ ފަރާތެއް.“
ފާތިމަތު އަލީ އިތުރަށް ވިދާޅުވީ، މިވަގުރަށް އެންމެ މުހިއްމު ބަދަލަކީ، ބޯހިޔާވަހިކަމުގެ މަސައްކަތާއި، ޓޫރިޒަމް ފުޅާވެގެން ދިއުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާގެ ހިދުމަތްތައް އިތުރަށް ފުޅާވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގަމަކީ ފުދުންތެރި ި އަދި ވިލުންތެރި ރަށަކަށް ވުމަށާއި، ތައުލީމާ ދާއިރާގައި ޔުނިވާރސިޓީތައް ގާއިމުވެގެން ދިއުމަށާއި، މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ގަމަށް ފަހިވެގެން ދިއުމަށް އެދޭ ކަމަށް ވިދާޅުވިއެވެ.
”ސިއްހީ ދާއިރާގައި، އަޅުގަނޑުމެންގެ ހޮސްޕިޓަލް ޓާރޝަރީ ވެގެން ދިއުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް.“
އޭނާ ވިދާޅުވީ މާލޭއަށް ބަރޯސާ ނުވެ، ރަށުގައި ތިބެގެން ސިއްހީ ފަރުވާ ލިބޭނެ ފުސަތު ގާއިމުވެގެން ދިއުމަށް އުއްމީދުކުރާ ކަމަށާއި، ހައުސިން ޔުނިޓްތައް އެޅި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ރައްޔިތުންނަށް ލިބޭ ގޮތަށް ގާއިމުވެގެން ދިއުމަށް އޭނާ އުއްމީދުކުރެއެވެ. އޭނާ ވިދާޅުވީ، އޭނާ އަކި އިޚުލާސްތެރި، ކަމަށް ފަރުވާތެރރި، ކަމޭހިތާ ތައުލީމާ ތަޖުރިބާ ހުރި ފަރާތެއް ކަމަށެވެ




