ގަމަަށް އެންމެ މުހިއްމު މަޝްރޫއަކީ ބޯހިޔާވަހިކަން: އަފްސަލް

Gamah enme muhinmu mash’roo akee boahiyaa vahikan: Afsal

މިވަގުތު ގަމަށް އެންމެ މުހިއްމު  މަޝްރޫއަކީ، ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށް ގަމު ކައުންސިލްގެ ރައީސް ކަމަަށް އެމްޑީޕީ ޓިކްޓްގަައި ވާދަކުރެއްވި، އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.

އަފްސަލް ވިދާޅުވީ، މިދިޔަ ދެ އަހަރުތެރޭގައި ގަމު ރައްޔިތުންގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދިވެސް ރައްޔިތުންގެ ކުރިއެރުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ކައުންސިލްގައި އެބަހުރި ކަމަށެވެ.

އެމްޑީޕީއާއެކު މަސައްކަތް ކުރަން ފެށީ، އޭރު ރާއްޖޭގައި އޮތް  ޒަމާންވީ ވެރިކަން ބަދަލުކުރަން ކަމަށެވެ. އޭރު އެމްޑީޕީއާއެކު މަސައްކަތް ކުރަމުން ދަނިކޮށް، ވެރިކަން ބަދަލުވުމުން އެމްޑީޕީާއެކު މަސައްކަތްކުރުމަށް އިތުރަަސް ޝައުގުވެރިކަން އުފެދުނު ކަމަށެވެ.

“އޭރު އާސަންދަ ތައާރަފުކުރުމާއި، ދަތުރުފަތުރު ނިޒާމު ގުޅާލަން ރައީސް ނަޝީދު ކުރި މަސައްކަތާ، މިހެން ގޮސް، އެކަނިވެރި މައިންނަށް ދިން އިނާޔަތާއި، މިކަންކަން އޭރުވެ ވެރިކަމުގައި ހާސިލްކުރެވުމުން، އިތުރަށް އެމްޑީޕީއާ ދޭތެރޭ ޝައުގުވެރިކަން އުފެދިގެން ދިޔަ.”

އަފްސަލް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ސާބިތުވެ ހުންނާނެ ކަމަށެވެ. އަފްސަލް ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައްޔިތުންގެ ގިނަ ގުނަ ކަންބޮނޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ.

މީގެ އިތުރުން އަފްސަލް ވިދާޅުވީ ކޮންމެ އުމުރެއްގެ މީހަކާއި ދިމާވިނަމަވެސް،  އެމީހެއްގެ ކަންބޮޑުވުން އަޑުއަހާނެ ކަމަށް އަފްސަލް ވިދާޅުވިއެވެ. އަދި ކައުންސިލް ތެރެއިން އެކަމަށް ހައްލެއް ހޯދައިދެވޭތޯ ބަލައިި މަސައްކަތްކުރާ ކަމަށް އަފްސަލް ވިދާޅުވިއެވެ.

އަފްސަލް ވިދާޅުވީ، އެންމެންވެސް ރަށަށް ބޭނުންވާ ތަރައްގީ އަންނާނީ އަބަދު   ބޮޑުވެގެން ކަމަށެވެ . ދެވަނަ ކަމަކަށް އަފްސަލް ފާހަގަކުރެއްވީ، ސިއްހީ ނިޒާމުގެ މައްސަލައެވެ.

“ ކިތަންމެ ކުޑަ  ކަމެއް ދިމާވިޔަސް މާލެ ދާންޖެހޭ ޖެހުން. އެބަޖެހޭ ނިމުމަކަށް ގެންނަން. ދެން ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް.”

އަފްސަލް ވިދާޅުވީ މަގާމަށް ކުރިމަތިލީ، ލާމު ގަމާއި ދޭތެރޭ ތަސައްވުރެއް އޮވެގެން ކަމަށެވެ.

ހަމަމިއާއެކު،  ލާމު ގަމާއި ދޭތެރޭ އޮތް ތަސައްވުރަކީ، ގަމަކީ އިގުތިސާދީގޮތުން ކުރިއަރާފައިވާ ހިދުމަތް ހޯދުމުގައި، ފަސޭހައިން ހިދުމަތް ލިބޭ، ޑިޖިޓަލް ލާމު ގަމަކަށް  ބަދަލުވެގެން ދިއުން ކަމަށެވެ. އަދި ދުޅަހެޔޮ ރައްޔިތުން ދިރިއުޅޭ ރަށަކަށް ގަން ވެގެން ދިއުމަށް އުއްމީދުކުރާ ކަމަށް އަފްސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ދީނީ ކަންކަމަށް އަހުލުވެރިކޮށް، އިތުރަށް އެކަމަށް ޝައުގުވެރުވާނެ ޕްރޮގްރާމްތައް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ހިންގުމުގެ އިތުރުން ގަމު ކައުންސިލަކީ ރައްޔިތުން އިތުބާރުކުރާ، މުއައްސަސާއަކށް ވެގެން ދިއުމަށް އުއްމީދުކުރާ ކަމަށެވެ.

އަފްސަލް އިތުރަށް ވިދާޅުވީ ގަމު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ފަރާތަކީ އޭނާ ކަމަށެވެ.  ދެ އަހަރުގެ ދުވަހު ކައުންސިލް ތަޖުރިބާ އެކު، ފާއިތުވި ދުވަސްތަކުގައި ރައްޔިތުންގެ އަޑުއަހާ، ކުރިއަށްއޮތް ތަނުގައި ރައްޔިތުންގެ އަޑުއަހާނެ ކަމަށް އަފްސަލް ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments