ފޮނަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
Fonadhoo gai dhe cycle jehi hingi accident ehgai 3 meehakah aniyaa vejje

ފޮނަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ، އެ މީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ފޮނަދޫ ކުރިގަމު އަވަށު ކޮޅުން ދުއްވާފައި އައި ސައިކަލެއް، ފެނަކަ އޮފީސް ކައިރިން ގޯޅިއަޅަން އުޅުމުގެ ތެރޭގައި ބަރާސީލު އަވަށުން ކުރިގަމު އަވަށާ ދިމާލަށް ދުއްވާފައި އައި ސައިކަލެއްގައި ޖެހިގެންނެވެ.
މަންޒަރު ދުށް މީހުން މައުލޫމާތު ދޭ ގޮތުގައި، ކުރިގަމު ކޮޅުން އައި ސައިކަލުގައި އިން ފިރިހެން މީހާ އެތަނަށް ވެއްޓިފައިވާއިރު، އަނެއް ސައިކަލުގައި ތިބި ދެމަފިރިން ވިއްސައިގެން ގޮސް ވެއްޓުނީ މަގުގެ ޕޭމަންޓު މައްޗަށެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހުންގެ ތެރެއިން ބައެއް މީހުންގެ ބޮލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ މީހުންނަށް މިހާރު ދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.




