ބަންދު ދުވަސްތަކަށްފަހު ސަރުކާރު އޮފީސްތައް ހުޅުވޭނީ އަންނަ ހޯމަ ދުވަހު!
Bandhu dhuvasthaka kahfahu sarukaaru office thah hulhuveynee anna hoama dhuvahu!

ރަމަޟާން މަހުގެ ފަހު ދިހައާއި ފިތުރު އީދުގެ ބަންދު ދުވަސްތަކަށް ފަހު ސަރުކާރު އަލުން ހުޅުވޭނީ މިއަންނަ ހޯމަ ދުވަހުގައި ކަމަށް ރައީސް އޮފީހުން އިއުލާނުކޮށްފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ، ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
ސަރުކާރުން މީގެކުރިން ބުނީ،ރައީސް އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައިކަމަށެވެ.




