ކޮމްޕިއުޓަރ އަދި ޑިޒައިން ޓިއުޝަން ކުލާސްތަކާއެކު ސާލިހާ އެކަޑަމީ ރަސްމީކޮށް ހުޅުވައިފި
Computer adhi design Tiution class thakaa eku Salihaa Academy rasmeekoh hulhuvaifi

ކޮމްޕިއުޓަރ އަދި ޑިޒައިން ޓިއުޝަން ކުލާސްތަކާއެކު ސާލިހާ އެކަޑަމީ ރަސްމީކޮށް ހުޅުވައިފިއެވެ.
މި އެކަޑަމީ ރަސްމީކޮށް ހުޅުވައިދެއްވީ، އިޖުތިމާއި އަދި އާއިލާ ތަރައްގީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާއިޝަތު ޒުހުރުބާނުއެވެ.
ސާލިހާ އެކެޑަމީ އިން ބުނީ، ލ. ފޮނަދޫގައި މިފަދަ ކްލާސްތަކެއް ފެށުމުގެ މަގްސަދަކީސްކޫލު ކުދިންނަކީ ސްކޫލު ނިމި ވަޒީފާގެ މާހައުލަށް އަދި ކޮލެޖް ގެ ކިޔެވުން ފެށުމުގެ ކުރިން ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތްތަކެއް ކަމުގައި ހެދުން ކަމަށެވެ. ކޮމްޕިއުޓަރ ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ ބޭސިކް ކޮމްޕިއުޓަރ ކްލާސްތަކުންނެވެ. އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑެތި މީހުންނަށް ހާއްސަ ކޮށްގެން ތަފާތު ކޮމްޕިއުޓަރ ކްލާސްތައް ކުރިއަށް ގެންދިއުމަށް ސާލިހާ އިން ވަނީ ހަމަޖެހިފައެވެ.
ފުރަތަމަ ކޮމްޕިއުޓަރ ކްލާސްތައް ފެށިގެންދާނީ ސްކޫލް ކުދިންނަށް ހާއްސަކުރެވިގެންނެވެ. މި ކްލާސްތަކުގައި ކޮމްޕިއުޓަރ އަށް އަހުލުވެރިކޮށް މައިކްރޯސޮފްޓް އޮފީސްގެ އެޕްލިކޭޝަންފަދަ ޕްރޮގްރާމްތަކަށް އަހުލުވެރިކުރުމާއި ތާނަ އަދި އިނގިރޭސިން ފަރިތަ ކޮށް ޓައިޕް ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިގެންދާނެއެވެ.
މި ކްލާސްތަކުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ހޯއްދެއްވުމަށް ސާލިހާ އެކަޑެމީގެ 7511103 ނަންބަރަށް ގުޅާލާށެވެ.
ނޯޓް: ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ގޫގުލް ފޯމް ތިރީގައި އެވަނީއެވެ.




