ގަމު ފުލުހުންގެ އެކޮމޮޑޭޝަން ރަސްމީކޮށް ހުޅުވައިފި
Gamu fuluhunge accommodation rasmeekoh hulhuvaifi

ލ. ގަމުގައި ފުލުހުންނަށް ހާއްސަ އެކޮމޮޑޭޝަން އިމަރާތެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ފުލުހުން ބުނީ،މިއީ އަތޮޅުތެރޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި، ފުލުހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު މަޝްރޫއެއް ކަމަށެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު ބުރިއަށް އިމާރާތް ކުރެވިފައިވާ 50 މީހުންގެ ޖާގައިގެ އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މިކަމަށްޓަކައި އިއްޔެ ލ. ގަމުގައި ބޭއްވި ރަސްމިއްޔާތުގައި އެކޮމޮޑޭޝަން ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، އަލީ އިހްސާނާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ އޮފިސަރުންނާއި އެކި ރޭންކުތަކުގެ ފުލުހުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ފުލުހުން ބުނީ، އެ މުއައްސަސާގެ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ގިނަ މަޝްރޫއުތަކެއް އަތޮޅުތެރޭގައި ހިންގަމުންދާ ކަމަށެވެ.




