ލ. އަތޮޅުގައި އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

Laamu atholhugai RTL ferry ge hidhumai rasmeekoh fashaifi

ލާމު އަތޮޅުގެ ރަށްތައް ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށްޓަކައި، ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ (އާރު.ޓީ.އެލް) ގެ ޚިދުމަތް އެ އަތޮޅުގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިކަމަށްޓަކައި ފޮނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރމަންޓު، ޠާރިޤް އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީޢު އާއި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެމް.ޓީ.ސީ.ސީގެ ޗެއަރމަން މުޙައްމަދު އަފީފް ޙުސައިން އަދި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. އަތޮޅުގައި މި ފެށުނު އާރު.ޓީ.އެލްގެ ޚިދުމަތާއެކު، މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. މި ޚިދުމަތް ދިނުމަށްޓަކައި ބޭނުންކުރާނީ ޒަމާނީ ފެންވަރުގެ، ދަތުރުވެރިންނަށް ފަސޭހަ އަދި ރައްކާތެރި އުޅަނދުތަކެކެވެ. މިއަދު މި ފެށުނު ޚިދުމަތުގެ ސަބަބުން ލާމު އަތޮޅުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރމަންޓު، ޠާރިޤް އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments