ހިތަދޫގައި ތަރައްގީކުރާ ވޯޓާ ޕާކު ޓްރިއަލް ޕީރިއަޑަށް މިއަދު ހުޅުވާލައިފި

Hithadhoogai tharaggeekuraa water park trial period ah miadhu hulhuvaalaifi

ހިތަދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ތަރައްގީކުރަމުންދާ ވޯޓާ ޕާކުގެ ޕްލޭ ސެޓް، ޓްރިއަލް ޕީރިއަޑެއްގެ ގޮތުގައި މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެހެން ހުޅުވާލައިފިއެވެ.

މިއަދު ހަވީރު 16:00 އިން ފެށިގެން ހުޅުވާލި މި ވޯޓާ ޕާކު، ކުރިއަށް އޮތް 15 ދުވަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން 18:00 އަށް އާންމުންނަށް މި ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ވޯޓާ ޕާކުގެ ޕްލޭ ސެޓް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކައުންސިލުން ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ޕާކަށްދާ ކުދިންނަކީ ފަތަން އެނގޭ ކުދިންކަން ކަށަވަރުކުރުމަށާއި، ފަތަން ނޭނގޭ ކުދިން ލައިފް ޖެކެޓް ނުވަތަ އާމް ރިންގް ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވޯޓާ ޕާކު ބޭނުންކުރާ ކުދިންނާއެކު އަބަދުވެސް ބެލެނިވެރިން ތިބުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

މީގެ އިތުރުން، ޕްލޭ ސެޓަށް ގެއްލުންވެދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި، ތޫނު އެއްޗެހި ނުވަތަ ކާބޯތަކެތި އެ ސަރަހައްދަށް ވެއްދުމަކީ މަނާކަމެކެވެ. އަދި ޕްލޭ ސެޓަށް ގެއްލުމެއް ލިބިދާނެތީ، އަނގޮޓި، ކެވެލި، ޕިން އަދި ބެލްޓު ފަދަ ތަކެތި އަޅައިގެން ޕްލޭ ސެޓް ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ހިތަދޫ ކައުންސިލަކީ ރައްޔިތުންނަށް ބޭނުންވާ އަދި ރަށަށް ފައިދާހުރި ކަންކަން ކުރުމުގައި ތަފާތު ދައްކަމުންދާ ކައުންސިލެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments