ހައުސިންގ ޔުނިޓް އަޅާ ސަރަޙައްދުގައި ހުރި ދަނޑުތައް ހުސްކުރުމަށް ގަމު ކައުންސިލުން އަންގައިފި

Housing unit alhaa sarahahdhugai huri dhandubinthah huskurmah gamu council in angaifi

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގަމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 200 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށްޓަކައި، އެ ބިން ހިމެނޭ ސަރަޙައްދުގައި ހުރި ދަނޑުބިންތައް ހުސްކުރުމަށް ރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ.

ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހައުސިންގ ޔުނިޓްތައް އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ގިނަ ފަރާތްތަކަކުން ދަނޑުވެރިކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން އެޕްރީލް މަހުގެ 8 ވަނަ ދުވަހުގެ ކުރިން އެ ތަންތަނުގައި ހުރި ތަކެތި ނަގައި ބިން ހުސްކުރުމަށް ވަނީ އަންގާފައެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ސަރަޙައްދު ހުސްނުކޮށްފިނަމަ، އިތުރު އެންގުމަކާ ނުލައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާއިރު ދަނޑުބިންތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށާއި، އެފަދަ ގެއްލުންތަކަށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments