އިންތިހާބަށް 8 ލައްކައަށް ވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފި

Inthihaabah 8 lahka ah vure gina vote karudhaas chaap kohfi

މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް 8 ލައްކައަށް ވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް(އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ، އެޕްރީލް 04، 2026 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށް ނިމިފައިވާ ކަމަށެވެ. އަދި މި ކަރުދާސްތައް ޗާޕްކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށް އީސީ އިން މައުލޫމާތުދެއެވެ.

މިފަހަރުގެ އިންތިހާބުގައި ވަނީ ތިން ބާވަތެއްގެ ވޯޓު ކަރުދާސް ޗާޕުކޮށްފައެވެ. އެއީ،ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް،297,959 ވޯޓު ކަރުދާސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް، 292,706 ވޯޓު ކަރުދާހުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ އާންމުންގެ ވޯޓަށް، 298,180 ވޯޓު ކަރުދާހެވެ.

މުޅި ޖުމުލަ ޗާޕުކޮށްފައިވަނީ، 888,845 ވޯޓު ކަރުދާސް ކަމަށް އީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments